ހުޅުމާލެ ފަޅުތެރޭ އޮތް ބޯޓެއްގައި މިއަދު އަލިފާނުގެ ރޯވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފަޅުތެރޭގައި އޮތް އުޅަނދަކުން ކަޅު ދުން އަރާ މަންޒަރު ފެނެއެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލެ ފަޅުތެރޭގައި އޮތް އުޅަނދެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔުގެ ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެކަމަކު މި ހާދިސާ ހިނގި ވަގުތެއް ހިނގި ގޮތެއް އަދި ސާފެއްނޫނެވެ.