11 Nov 2025, 09:01
މީގެ ތިން އަހަރު ކުރިން ބޮލީވުޑް ބަތަލާ އަނުޝްކާ ޝަރުމާ މަސައްކަތް ފެށި ކުޅިވަރު ފިލްމު "ޗަކްދާ އެކްސްޕްރެސް" ވަރަށް އަވަހަށް ރިލީޒްކުރާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމަކީ "ޗަކްދާ އެކްސްޕްރެސް"ގެ ނަމުގައި އުފައްދަން ނިންމި ފިލްމެކެވެ. މި ފިލްމުގެ ޝޫޓިންގް ނިމި 2022ގައި ފިލްމު ރިލީޒްކުރާގޮތަށް ނިންމި ނަމަވެސް އެ ފިލްމުގެ މަސައްކަތް ވަކި ހިސާބަކުން ވަނީ ހުއްޓިފައެވެ. މި ފިލްމަކީ އަނުޝްކާއަށް އަލަތު ދަރިފުޅު ލިބުމަށްފަހު ފިލްމީ މަސައްކަތްތަކާ ދުރަށް ދިއުމުގެ ކުރިން މަސައްކަތްކުރި އެންމެ ފަހު ފިލްމެވެ.
ރިޕޯޓުތައް ބުނާގޮތުން "ޗަކްދާ އެކްސްޕްރެސް"ގެ މަސައްކަތް އަލުން ފަށާ ގޮތަށް ނިންމީ އިންޑިއާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އިންޑިއާގެ އަންހެން ކްރިކެޓް ޓީމުން މި އަހަރުގެ ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކުރުމާ ގުޅިގެންނެވެ.

އަނުޝްކާ އަދި ބަތަލާގެ ފިލްމު "ޗަކްދާ އެކްސްޕްރެސް"ގައި ކުޅޭ ކެރެކްޓާ ނިސްބަތްވާ ޖުލަން ގޯސްވާމީ--ފޮޓޯ/ފިލްމުފެއަ
މި ފިލްމަކީ އިންޑިއާގެ އަންހެން ކްރިކެޓް ޓީމްގެ ކުރީގެ ކެޕްޓަން ޖުލަން ގޯސްވާމީގެ ކުޅިވަރުގެ ހަޔާތަށް ބިނާކޮށް އުފައްދާ ބައޮޕިކްއެކެވެ. މި ފިލްމުގައި ޖުލަން ގޯސްވާމީގެ ކްރިކެޓް ހަޔާތް ފެށުނުގޮތާއި ދުނިޔޭގެ އެންމެ އަވަސް އަންހެން ޕޭސާގެ މަގާމު ލިބުނުގޮތް ގެނެސްދޭނެއެވެ.
ފިލްމީ ޚަބަރުތައް ބުނާގޮތުން މި ފިލްމުގެ މަސައްކަތް އަލުން ފަށަން ތައްޔާރުވަނީ ނެޓްފްލިކްސްއާ ގުޅިގެންނެވެ. ފިލްމުގެ މަސައްކަތް މެދުކެނޑުނީ ފިލްމަށް ކަނޑައެޅުނު ބަޖެޓަށްވުރެ އިތުރަށް ޚަރަދުކުރަންޖެހުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމުގެ މަސައްކަތް ނިމި ބެލުންތެރިންނާ ހަމައަށް ފިލްމު ގެނެސްދޭނެ ތާރީޚެއް އަދި އިއުލާނު ނުކުރާއިރު އަނުޝްކާގެ ފިލްމަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.
އަނުޝްކާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2018 ވަނަ އަހަރު ގެނެސްދިން ޝާހުގެ ފިލްމު "ޒީރޯ"އިންނެވެ.