ތިރީސް ދެ ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރުމުގެ މަސައްކަތް، ލޯކަލް ގަވަނަންސް މިނިސްޓްރީއިން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

ޕާކުތަކުގެ މަޝްރޫއުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

ކުޑަކުދިންގެ ޕާކު ގާއިމުކުރުމަށް އެޗްޑީސީއާ ހަވާލުކުރެވުނު ރަށްތައް:

1. ހއ. މޮޅަދޫ

2. ހއ. ފިއްލަދޫ

3. ރ. ހުޅުދުއްފާރު

4. ރ. މާކުރަތު

5. ރ. ކިނޮޅަސް

6. ރ. އިންނަމާދޫ

7. ރ. އިނގުރައިދޫ

8. ރ. ފައިނު

9. ހދ. ހަނިމާދޫ

10. ވ. ފުލިދޫ

11. ވ. ކެޔޮދޫ

12. ދ. މީދޫ

13. ތ. ވޭމަންޑޫ

14. ތ. ތިމަރަފުށި

15. ތ. ގުރައިދޫ

16. ލ. މާބައިދޫ

17. ލ. ދަނބިދޫ

18. ލ. މުންޑޫ

19. ގއ. ވިލިނގިލ

20. ގއ. ކަނޑުހުޅުދޫ

21. ގދ. ގައްދޫ

22. ސ. ހުޅުދޫ

23. ސ. ހިތަދޫ 1

24. ސ. ހިތަދޫ 2

25. ސ. މަރަދޫފޭދޫ

26. ސ. ފޭދޫ

27. ނ. ޅޮހި

28. ހދ. ނޮޅިވަރަމް

29. ށ. ކަނޑިތީމު

30. ށ. މިލަންދޫ

31. ބ. ފެހެންދޫ

32. ބ. ކުޑަރިކިލު

ވުޒާރާއިން ބުނީ ކުޑަކުދިންގެ ޕާކު ތަރައްގީކުރުމުގެ މަޝްރޫޢުގައި 57 ރަށެއް ހިމެނޭ ކަމަށެވެ. އެގޮތުން 52 ރަށުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ. ފުރަތަމަ ބެޗުގައި ހިމެނެނީ 12 ރަށް ކަމަށް ވުޒާރާއިން ބުންޏެވެ.

ޕާކް އެޅުމުގެ މަޝްރޫއު އެޗްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން :32 ރަށެއްގައި ޕާކު ހެދުމުގެ މަސައްކަތް މިނިސްޓްރީން އެޗްޑީސީއާ ހަވާލުކޮށްފި---ފޮޓޯ: ލޯކަލް ގަވަނަންސް މިނިސްޓްރީ

އޭގެ ތެރެއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދަނީ ހަ ރަށެއްގައި ޕާކު ހެދުމުގެ މަސައްކަތް ކަމަށް ވުޒާރާއިން ބުންޏެވެ. އަދި ހަތަރު ރަށެއްގެ ޕާކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ކަމަށް ވެސް ވުޒާރާއިން ބުންޏެވެ. އަދި ދެ ޕާކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

މިއަދު ސޮއިކުރެވުނީ އޭގެ ތެރެއިން އަމަލީ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ 32 ރަށެއްގެ މަސައްކަތުގެ އެއްބަސްވުމުގައި ކަމަށް މިނިސްޓްރީން ބުންޏެވެ. ބާކީ އޮތް ހަތް ރަށަކީ ހަމައެކަނި ޕާކް ސެޓް ބޭނުންވާ ރަށްރަށް ކަމަށާއި މިހާތަނަށް މަސައްކަތް ނުފެށި ފަސް ރަށެއްވާކަމަށް ލޯކަލް ގަވަނަންސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ޖުމްލަ 129 ރަށަކަށް ބޭނުންވާ ޕާކް ސެޓްތައް ގެނައުމަށް އެސްޓީއޯ އާ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ.

ވުޒާރާއިން ބުނީ ބެޗް ތިނެއް އަދި ހަތެއްގެ އެއްބަސްވުމުގެ ސޮއިކުރުމުގެ މަސައްކަތް ނިމި، ބެޗް ތިނެއްގެ މޮބިލައިޒޭޝަންގެ 33 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ކޮނުމާއި ކޮންކްރީޓްގެ މަސައްކަތުގެ 17 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ގާއިމްކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.