10 Nov 2025, 09:25
ސޮނީ ފިޝިންއިން އިންތިޒާމުކޮށްގެން ބޭއްވި ކަނޑުފޯރި މަސް ބޭނުމުގެ މުބާރާތުގެ ޗެމްޕިއަންކަން "އައިލެންޑް ފިޝިން"އިން ހޯދައިފިއެވެ.
ސާދަ ޓީމަކުން ބައިވެރިވި މި މުބާރާތުގެ ވަނަތައް ހަވާލުކޮށްދެއްވީ، އެމްއެންޔޫގެ ފިޝަރީޒް ކޮލެޖުގެ ޑީން ޑރ. އަހްމަދު ރިޔާޒް ޖައުހަރީއެވެ.
މުބާރާތުގެ ޗެމްޕިއަންކަން އައިލެންޑް ފިޝިންއިން ހޯދައިފައިވާއިރު، ދެވަނަ ހާސިލުކުރީ ޓީމް ނޯރާއެވެ. އަދި، ތިންވަނަ ހޯދީ، ޝިޔާޒް ސްޕޯޓްސް ފިޝިންއެވެ.
މުބާރާތުގެ އިތުރު އެވޯޑުތަކަށް ބަލާއިރު، އެންމެ މޮޅު އަންހެން އޭންގްލާގެ މަގާމު ލިބުނީ، ޓީމް މަލަހިނީގެ ސުމައްޔާއަށެވެ. އެންމެ މޮޅު ކެޕްޓަނަކަށް ހޮވުނީ، އައިލެންޑް ފިޝިންގެ ކެޕްޓަން ކަމަށްވާއިރު، އެންމެ މޮޅު ޖޫނިއާ އޭންގްލާކަން ލިބުނީ، ޓީމް ބަނޫންގެ ކިޔާންއަށެވެ.

މުބާރާތުގެ މަސް ބޭނުން ކުރިއަށް ގެންދިޔައީ ހަމައެކަނި ކ. އަތޮޅުގައެވެ.
އެންމެ މޮޅު އެންގްލާގެ ލިބުނު ހަތަރު މީހުން:
އެއްވަނަ ލިބުނީ، އައިލެންޑް ފިޝިންގެ މުންތާޒްއަށް
- ދެވަނައަށް ދިޔައީ، އައިލެންޑް ފިޝިންގެ ޔާމިން
- ތިންވަނަ ލިބުނީ، ނައިޓް އެޓް ސީގެ ސަންވީލްއަށް
- ހަތަރުވަނަ އަށް ހޮވުނީ، ކުލަބު އެޗްޑީސީގެ ސޮބާހު

މި މުބާރާތުގެ މަގުސަދަކީ، މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމާއި ރަނގަޅަށް މަސްވެރިކަން ކުރުމުގެ އުސޫލުތައް ކުރިއެރުވުމެވެ.
މިއީ މުބާރާތް ބޭއްވި ތިންވަނަ ފަހަރު ކަމަށްވާއިރު، މި މުބާރާތަށް އާންމުންގެ މެދުގައި ލިބޭ ތަރުހީބު ބޮޑުވަމުން އަންނަކަން ސޮނީއިން ފާހަގަކުރެއެވެ.