އެކަނި ގެސްޓުހައުސް އެއްގެ ތެރޭ އޮއްވައި ފެނުނު ހަ މަހުގެ ތުއްތު ކުއްޖާގެ މަންމަ ކަމަށް ޝައްކު ކުރެވޭ މީހަކު ހައްޔަރު ކޮށްފި އެވެ.

ނަމަވެސް އެ މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ މަންމައަށް ކަމަށް ތުހުމަތު ކުރެވޭ މީހާ ހޯދީ ގެސްޓްހައުސް ހިންގާ ފަރާތުން ފުލުހުންނަށް ދިން މައުލޫމާތުގެ މައްޗަށް ބުރަވެ އެވެ.

ފުލުހުން ބުނެފައި ވަނީ ފެނުނު ތުއްތު އަންހެން ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ޖެންޑާ އިން އެ ކުއްޖާގެ ކަންތައް މިވަގުތު ބަލަހައްޓަމުން އަންނަ ކަމަށެވެ.