މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުން ސަލާމަތްވެ، ހަމަހިމޭން ވަގުތުކޮޅެއް އާއިލާއާއި އެކުވެރިންނާއެކު ހޭދަކުރަން ބޭނުންވާ ފަހަރުތައް ވަރަށް ގިނައެވެ. އާއިލާއާއި އެކުވެރިންނާއެކު ބޭރުތެރޭގައި އުޅޭއިރު އެފަދަ ތަންތަން ގިނަ ނޫންކަން ފާހަގަވެއެވެ. އެހެންނަމަވެސް، ދަ ބްލެކް ޕާލް ރެސްޓޯރެންޓުން ކޮންމެ މީހަކަށް ވެސް މަރުހަބާ ކިޔަނީ، އެ ހިތްގައިމުކަން ގެނެސްދެވޭނެ ކަމުގެ ޔަގީންކަމާއެކުގައެވެ.

ދަ ބްލެކް ޕާލް ރެސްޓޯރެންޓަށް ވަނުމުން، ލޮލަށް ފަސޭހަ އައްޔެއްގައި، ފެހިކަންގަދަ ގަސްތަކާއި ތަފާތު ފޮޓޯތަކާއި ކުރެހުންތަކުން ޒީނަތްތެރިކޮށްފައިވާ ފާރުތައް ފެނެއެވެ. އެ ތަނުން އަރާމު ގޮނޑިއެއްގައި އިށީނދެލުމުން، މި ހުރެވެނީ މާލޭގައިކަން ވެސް ހަނދާން ނެތޭ މިންވަރަށް، ހިތްފަސޭހަކަން ލިބެއެވެ.

ދަ ބްލެކް ޕާލްއިން ވަރަށް ހިތްފަސޭހަ މާހައުލެއްގެ ތަޖުރިބާ ލިބޭނެ --

އެ ތަޖުރިބާ ކުރުމަށް، ދަ ބްލެކް ޕާލް ރެސްޓޯރެންޓަށް އާއިލާއާއި އެކުވެރިންނާއި ހަޔާތުގެ ބައިވެރިޔާއާއެކު އަންނަންވީއެވެ. އަދި ގިނަ ބަޔަކު އެއްވެސް، އުފަންދުވަހާއި އެނިވާސަރީތައް ނުވަތަ ވިޔަފާރި ބައްދަލުވުމެއް ބާއްވަން ބޭނުންވާ ނަމަ، މި ރެސްޓޯރެންޓުގެ ޚާއްސަ ކޮޓަރިއެއް ބޭނުންކުރެވޭނެއެވެ. މި ކޮޓަރި އެއް ފަހަރާ ނުވަ މީހުންނަށް ބޭނުންކުރެވޭނެއެވެ.

ދަ ބްލެކް ޕާލް ރެސްޓޯރެންޓުން އެންމެ ބޮޑު އިސްކަމެއް ދެނީ، ފެންވަރު ރަނގަޅު ތަކެތި ބޭނުންކޮށް، ކޮންމެ މީހަކަށް ވެސް އެންމެކަމުދާނެ ވަރުގެ ޕޯޝަންތައް ތައްޔާރުކުރުމަށެވެ. އެގޮތުން ކޮންމެ ޑިޝްއެއް ވެސް އެންމެ ފުރިހަމަކޮށް ގެނެސްދޭން މަސައްކަތްކުރާއިރު، މި ރެސްޓޯރެންޓުގެ ސިގްނެޗާ ޑިޝްތަކުގެ ތެރޭގައި:

  • ޓީބީޕީ ސްޓޭކް ބާގާ

  • ޓީބީޕީ ޕެޕާ ބީފް
  • ޓީބީޕީ ބިގް ބްރެކްފަސްޓް
  • ޓީބީޕީ ސްޓޭކް ސެލެޑް

މީގެ އިތުރުން ވެސް، ގިނަ ބަޔަކަށް ކަމުދާނެފަދަ ޕްލެޓާތަކާއި ސީފުޑް ސިލެކްޝަންތައް ދަ ބްލެކް ޕާލް ރެސްޓޯރެންޓުން ލިބެން ހުންނާނެއެވެ.

ގިނަ ބަޔަކަށް ކަމުދާނެފަދަ ޕްލެޓާތަކާއި ސީފުޑް ސިލެކްޝަންތައް ދަ ބްލެކް ޕާލް ރެސްޓޯރެންޓުން ލިބެން ހުންނާނެ --

ހަމައެއާއެކު، ދަ ބްލެކް ޕާލް ރެސްޓޯރެންޓުގެ އަމިއްލަ އުފެއްދުންތަކުގެ އަޖުމަ ބަލާލުން ވެސް ވަރަށް މުހިންމެވެ. އެގޮތުން މިލްކްޝޭކް ތައްޔާރުކުރަނީ ރެސްޓޯރެންޓުގެ އަމިއްލަ އައިސް ކްރީމް ބޭސްއަކުން ކަމަށްވާއިރު، ދަ ބްލެކް ޕާލްއިން އަމިއްލަ ސޯސްތަކާއި މެރިނޭޑްތަކާއި ކޮންޑިމެންޓްސްއިން ވެސް ކެއުންތަކަށް ފުރިހަމަކަން ގެނެސްދެެއެވެ.

ދަ ބްލޭކް ޕާލްގެ މެނޫއިން ތަފާތު މޮކްޓެއިލްތަކާއި ޖޫހާއި އައިސް ކޮފީއައި މިލްކްޝޭކް ލިބެން ހުންނާނެ --

ކެއުމުގެ އިތުރަށް، މި ރެސްޓޯރެންޓަކީ ތާޒާ ބުއިމެއް ބޭނުންވެއްޖެ ނަމަވެސް ޚިޔާރު ކުރަން ރަނގަޅު ރެސްޓޯރެންޓެކެވެ. އެގޮތުން މި ތަނުގެ މެނޫއިން ތަފާތު މޮކްޓެއިލްތަކާއި ޖޫހާއި އައިސް ކޮފީއައި މިލްކްޝޭކް ލިބެން ހުންނާނެއެވެ.

ގ. ވާލް، އަލިކިލެގެފާނު މަގުގައި ހުންނަ ދަ ބްލެކް ޕާލް ރެސްޓޯރެންޓުގެ ތަޖުރިބާ ފެށުމަށް،އޮންލައިންކޮށް މެނޫބަލައިލެވޭނެއެވެ.