ސައުދީ އަރަބިއާއިން ދިވެހި ދަރިވަރުން ކިޔެވުމަށް 318 ސްކޮލަޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖެއަށް ޚާއްސަކޮށްފައިވާ ސައުދީ އެމްބަސީން ކުރި އިއުލާނެއްގައި ވަނީ، އެ ގައުމުން ދިވެހި ދަރިވަރުންނަށް 11 ދާއިރާއަކުން ސްކޮލަޝިޕް ފުރުސަތުތައް ދޭނެ ކަމަށެވެ.

އެ ދާއިރާތަކަކީ:

  • ބިޒްނަސް މެނޭޖުމަންޓް

  • މީޑިއާ
  • ކޮމްޕިއުޓާ ސައިންސް ސްޓަޑީސް
  • ލޯ ސައިންސަސް
  • ތައުލީމީ ދާއިރާ
  • ސޯޝަލް ސައިންސަސް
  • ދަނޑުވެރިކަން
  • އިކޮނޮމިކް އެންޑް ޕޮލިޓިކްސް
  • އިންޖިނިއަރިން ދާއިރާ
  • އިސްލާމީ ދާއިރާތައް
  • އަރަބިކް ސްޓަޑީސް އެންޑް އަދާ ފޮރިން ލެންގުއޭޖަސް

މި ސްކޮލަޝިޕްތަކަށްވެބްސައިޓުމެދުވެރިކޮށް ހުށަހެޅޭނެއެވެ.

ސައުދީގައި ހުރެގެން ކިޔެވުމުގެ އިތުރަށް، ރާއްޖޭގައި ހުންނަ އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އެރެބިކް ސައިންސަސްގައި ހިލޭ ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވެއެވެ. އެގޮތުން ދެ އަހަރަށް ކުރިއަށްގެންދާ ޑިޕްލޮމާ އިން ލެންގުއޭޖް ޕްރިޕަރޭޝަން ކޯހަށް ކުރިމަތިލުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

އެ ކޯހުގައި ބައިވެރިވެވެނީ ހަމައެކަނި ފިރިހެނުންނަށެވެ. އަދި ކޯހުގެ ކިޔެވުން ފަށާނީ އަންނަ މަހު 28ގައެވެ.

އެ ކޯހަށް ވެސްލިންކުމެދުވެރިކޮށް ރަޖިސްޓްރީކޮށް، ބައިވެރިވެވޭނެ ކަމަށް އެމްބަސީން ވަނީ ބުނެފައެވެ.