އެޑިސް އަބާބާ (އޮގަސްޓް 21): އެފްރިކާގެ އިރުމަތީގެ ރަށެއް ކަމަށްވާ އިތިއޮޕިޔާގެ ބޮޑުވަޒީރު މިލިސް ޒިންނާވީ އަވަހާރަވެއްޖެ އެވެ. އިތިއޮޕިޔާގެ ރަސްމީ ޓީވީ ބުނާގޮތުން ބޮޑުވަޒީރު މިލިސް ޒިންނާވީ އަވަހާރަވީ ރޭ އެޑިސް އަބާބާ ގަޑިން 11 އާއި 12 އާއި ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

ޒިންނާވީ ދާދިފަހުން ވަނީ އެޑިސްއަބާބާގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފަ އެވެ. އަދި އިތިއޮޕިޔާގެ ސިޔާސީ މަސްރަޙުންނާއި ސަރުކާރުގެ އެކި ބައްދަލުވުންތަކާއި ޙަފްލާތަކުން އޭނާ ނުފެންނަތާ ދެ ހަަފްތާއެއްހާ ދުވަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޒިންނާވީގެ މަރާބެހޭ ގޮތުން އިތިއޮޕިޔާ ސަރުކާރުން މާބޮޑު ތަފްސީލެއް ދީފައެއްނުވެ އެވެ.
ޒިންނާވީ އަވަހާރަވުމާއެކު އޭނާގެ ނައިބު ހެލަމަރިޔަމް ޑިޒްލީން ވަނީ ބޮޑުވަޒީރު ކަމާ ވަގުތީ ގޮތުން ޙަވާލުވެ ވަޑައިގެންފަ އެވެ. (ރޮއިޓާސް)