20 Aug 2012, 14:31
ހެންވޭރު ބޯފޮޅި ކެފޭ ތެރޭގައި ބަނގުރާބޯންތިބި ކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 10 ޖަހާ އެހާކަންހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 18 އަހަރާއި 19 އަހަރާއި 20 އަހަރުގެ ތިން ފިރިހެނުން ކަމަށާއި އެވަގުތު އެ މީހުން ތިބި ތަނުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ހަ ތަށި ވެސް ފެނިފައިވާ ކަމަށެވެ.
އެކަމާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.