19 Aug 2012, 19:51
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފި އެވެ.
މ. މުލީ ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ އެ މީހާ ހައްޔަރު ކުރީ ފިތުރު ޢީދުގެ ބަންދާއި ގުޅިގެން މުލި ޕޮލިސް ސްޓޭޝަނުން މިއަދު އެރަށުގައި ފެށި ހާއްސައޮޕަރޭޝަނެއްގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާ ކަމަށް ޝައްކުވާ މީހުންނާއި މަސްތުވާތަކެތި ގެންގުޅޭ މީހުން ދިރިއުޅޭ ކަމަށް ފާހަގަވުމުން ކޯޓް އަމުރެއްގެ ދަށުން ނެވެ.
ފުލުހުން ބަލައި ފާސްކުރި އެ ރަށު ނޫރާނީގޭ މޭޒެއްގެ މަތީގައި ހުރި ބައްތިއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓް ފެނުމާ ގުޅިގެނެވެ.