19 Aug 2012, 16:01
ދ. މީދޫގައި ވެސް ރަށުގެ ބަނދަރުމަތީ އެއް ޖަމާއަތަކަށް މިއަދު އީދު ނަމާދުކޮށްފި އެވެ.
މީދޫ ކައުންސިލް ރައީސް މުހައްމަދު ޝާހިދު ވިދާޅުވީ ރަށުގެ ބަނދަރުމަތީގައި ސަތަރި އަޅައިގެން އެއް ޖަމާއަތެއްގައި ނަމާދުކުރުމަށް ނިންމީ ދީނީ ބައެއް އިލްމުވެރިންގެ ލަފައާ އެއްގޮތައް އެއް ޖަމާއަތަކަށް އެއްވެ އީދު ނަމާދު ކުރުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް ބަލައިގެން ކަމަށެވެ.
"ބައެއް އިލްމްވެރިން ކައުންސިލަށް ލަފާ ދެއްވީ އެއް ޖަމާއަތެއް ހަދައިގެން އީދު ނަމާދު އެއްތަނެއްގައި ކުރުމަށް. އަޅުގަނޑުމެނަށް ރަށު ޒުވާނުންނާއި ހަރު މީހުންގެ ފަރާތުން ލިބުނު އެއްބާރުލުމާއެކު މިއަދު އީދު ނަމާދު އެއްޖަމާއަތެއްގައި ބަނދަރުމަތީ މި ކުރީ،"
މީދޫ ބަނދަރުގެ ހުސްބިމުގައި މިއަދު ކުރި އީދު ނަމާދުކުރި ޖަމާއަތުގައި 800 މީހުން ބައިވެރިވި އެވެ. މީދޫގައި ހުކުރު ކުރާ ދެ މިސްކިތް ކުރެ އެވެ.
"ވަރަށް އުފާވެރި. އެންމެ އެއްވެސް ނަމާދުކޮށް ސަލާންކޮށް އެއްތަނަކުން ބައްދަލުވެވުނީމަ،" މީދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ގިނަ ބަޔަކު އެއްވެ ހުސް ބިމެއްގައި އީދު ނަމާދުކޮށްފައި ވަނީ މިއަދު މާލެ މާފަންނު ސްޓޭޑިއަމުގަ އެވެ. އެ ޖަމާއަތުގައި ބައި ލައްކައެއްހާ މީހުން އީދު ނަމާދު ކުރި އެވެ.