ޝަރުއީ ކޯޓުތަކުން އެކި ރައްޔިތުންނާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ހުުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފިއެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެއީ ކުއްލި މައްސަލައެއްގެ ޝަރުތު ފުރިހަމަވާ މައްސަލައެއް ނޫން ކަމަށް ކަނޑައަޅުއްވާފައެވެ.

މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ، އެއްވެސް މީހަކާ މެދު ތަފާތުކޮށްގެން ނުވާނެކަން ގާނޫނުއަސާސީން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށެވެ. އެކަމަކު، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ގަސްތުގައި އެކި މީހުން ތަފާތުކުރާކަން މި ފަހުން ފާހަގަކުރެވިފައިވާ ކަމަށް އޭނާގެ މައްސަލައިގައި ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން އޭނާ ފާހަގަކުރެއްވި ބައެއް ކަންކަން:

  • އެމްޑީޕީގެ ލޫޓުވައިފި އެއްވުމުން ހައްޔަރުކުރި މީހުން 15 ދުވަހަށް

  • އެކަމަކު، އޭޕްރީލް 18 ގައި ހިނގި ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހިމެނޭ ރަ ބަންދުކުރުން
  • އެއާޕޯޓުން ޑޮލަރުތައް ފޭރިގެން މައްސަލައިގައި ހައްޔަރުކުރި މީހުން އެންމެ
  • އެކަމަކު، ކެފޭއަކުން ކެއުމަށް ފަހު ފައިސާ ނުދައްކާ ދާން އުޅުނު މީހަކު ން

އެހެންވެ، ބޮޑެތި ޖިނާއީ ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންނަށް ކުރު މުއްދަތެއް އަދި ކުދިކުދި މައްސަލަތަކުގައި ހިމެނޭ މީހުންނަށް ދިގު މުއްދަތެއް ޖަހާކަމުގެ ކަންބޮޑުވުން މީކާއިލް ވަނީ ފާހަގަކުރައްވާފައެވެ. އެއީ، ތަފާތުކުރުންތަކެއްގެ ގޮތުގައި ފާހަގަކުރައްވާ އޭނާ ކުއްލި މައްސަލައެއް މިއަދު ހުށަހެޅުއްވީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނާށެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް: އެ މަނިކުފާނު ވަނީ ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައި -- ފޮޓޯ/ މަޖިލިސް

ފާހަގަކޮށްލެވޭ ގޮތުގައި މީކާއިލްގެ ކުއްލި މައްސަލައިގައި އެފަދައިން ފާހަގަކުރި ނަމަވެސް ޝަރީއަތުން ބަންދުގެ މުއްދަތު ނިންމަނީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކުރުމަށް ފަހެވެ. އެ ގޮތުން، ފުރަތަމަ ބަންދުގެ މުއްދަތު ޖަހަން ހާޒިރުކުރާއިރު ކުރު މުއްދަތެއް ދިން ނަމަވެސް ފަހުން ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ވެސް މީހުން ބަންދުކުރެއެވެ.

މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލަން ނިންމަވާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން ކުއްލި މައްސަލައެއް ވާންވާނީ ރައްޔިުތންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރުކުރާ ފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެ ކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، އެ ކަމާ މެދު އެޅި ނުވަތަ ނާޅާ ފިޔަވަޅުތަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހަޅާ މައްސަލައަކަށް ކަމަށެވެ.

"މި ދެންނެވި ޝަރުތުތައް ފުރިހަމަނުވާތީ އެ މައްސަލަ ކުއްލި މައްސަލައެއް ގޮތުގައި ހުށަހެޅުއްވެން ނެތް ވާހަކަ ދަންނަވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.