18 Aug 2012, 22:44
ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ސަން ފްރަންޓުން ބާއްވާ "މިރަކަލް ސޭލް"ގެ މި އަހަރުގެ ނަސީބުވެރިން ހޮވައިފި އެވެ.
މިއަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ 18 އަށް ސަން ފްރަންޓް ލިވިންގައި ކުރިއަށް ގެންދިޔަ އެ ސޭލުގެ ގުރުރުއަތުން ހޮވިގެން އެއް ވަނަ ނަސީބުވެރިއަކަށް ހޮވިގެން 22000ރ.ގެ ބެޑްރޫމްސެޓް ހާސިލްކުރީ ލ. ފުނަދޫ އެލްޕާސް ހުސެއިން އާސިފް އެވެ. އަދި ދެ ވަނަ އަށް ހޮވިގެން 14000ރ. ސޯފާސެޓް މ. ސެންތެލް ޔާމީން މުސްތަފާ ހާސިލްކުރި އިރު ތިން ވަނަ ހޮވިގެން 8000ރ. ގެ ޑައިނިން ސެޓް ހާސިލްކުރީ ހ. ބައިގަނޑިގެ ހަސަން މަނިކެވެ.
މިއަދު ސަން ފްރަންޓް ލިވިންގައި ބޭއްވި ހަފްލާއެއްގައި ނަސީބުވެރިން ހޮވައިދިނީ ކުޑަ ތިން ކުދިންނެވެ.
ސަން ފްރަޓުން ކުރިއަށްގެން ދިޔަ އެ ސޭލްގައި ކޮންމެ 5000ރ. މަތިން ކުރައްވާފައިވާ ވިޔަފާރިއަކަށް ކޫޕަނެއް ވަނީ ދީފައެވެ. މިއީ އެގޮތަށް ސަން ފްރަންޓުން ކުރިއަށްގެން ދިޔަ 6 ވަނަ ސޭލެވެ. ސަން ފުރަންޓުން ބުނީ ކުރިއަށްއޮތް ތަނުގައި މިފަދަ ސޭލްތަކެއް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ.