18 Aug 2012, 12:51
ވަގަށް ނަގާފައިވާ ފޯނެއް ވިއްކަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުން ހައްުޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރުން 36 އަހަރު އެ ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު ސްރީލަންކަން އެއާލައިން އޮފީސް ހުންނަ ސަރަހައްދުގައި މީހަކު ފޯނެއް ވިއްކަން އުޅޭ ކަމަށް ބުނެ އާއްމު ފަރާތްތަކުން ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ. އެމީހާއާ ބެހޭ އިތުރު ތަފްސީލެއް އަދި ވަގަށް ނަގާފައިވާ ފޯނާ ބެހޭ އިތުރު މައުލޫމާތެއް އޮފިޝަލް ނުދެއްވަ އެވެ.
ފުލުހުން ބުނީ މި ރޯދަ މަހު މިފަދަ ވައްކަންތަކުގެ ދެ ތިން މައްސަލައެއް ކޮންމެ ދުވަހަކު ވެސް ފުލުހުންނަށް ރިޕޯޓްކުރަމުންދާ އިރު މިފަދަ ކަންކަމަށް އާއްމުންގެ ފަރާތްތަކުން ލިބޭ އެއްބާރުލުން ފާހަގަކުރެވޭ ކަމަށެވެ.