ދޯހާ މެރަތަންގެ 15 ދުވުންތެރިންގެ ރެޖިސްޓްރޭޝަން ފީ އުރީދޫ މޯލްޑިވްސްއިން ސްޕޮންސާ ކުރަން ނިންމައިފިއެވެ.

އުރީދޫ ދޯހާ މެރަތަން އޮންނާނީ އަންނަ ޖަނަވަރީ މަހުގެ 16ގައެވެ.

އެ ދުވުމުގައި 15،000އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެ ކަމަށް ބެލެވޭއިރު، އުރީދޫން ވަނީ 15 ދުވުންތެރިންގެ ރެޖިސްޓްރޭޝަން ފީ ސްޕޮންސާ ކުރަން ނިންމައިފައެވެ.

އެ ދުވުންތެރިން ހޮވުމަށް ނަގާ ލަކީޑްރޯގައި ބައިވެރިވެވޭނެ މީހުންގެ ޝަރުތުތަކަކީ:

  • 10ކޭ ނުވަތަ ހާފް މެރަތަން ނުވަތަ މެރަތަންއެއް މީގެ ކުރިން ފުރިހަމަކޮށްފައިވުން (އެކަން ކަށަވަރު ކުރެވޭ ގޮތަށް މައުލޫމާތު ހުށަހަޅަން ވާނެ)

  • ގަތަރަށް ދަތުރުކުރެވޭނެކަން ކަށަވަރުކޮށް، ދިވެހި ޕާސްޕޯޓެއް އޮތުން

އެ ލަކީޑްރޯއަށްރަޖިސްޓްރީ ކުރެވޭނީއަންނަ މަހުގެ 24ގެ ނިޔަލަށެވެ.