އައްޑޫ ސިޓީ ހިތަދޫގެ ގެއަކުން މަރުވެފައި އޮތް ދެމަފިރިން ފެނިއްޖެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ މީހުން މަރުވެފައި އޮއްވައި ފެނިގެން، އެ ދެ މީހުން ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މީހުންގެ ގެ ހުންނަނީ ހިތަދޫގެ ޓޫރިޒަމް ޒޯނުގައެވެ. އަދި އެ ގެއަށް އެ މީހުން ބަދަލުވީ ގާތްގަނޑަކަށް ތިން ދުވަސް ކުރިން ކަމަށާއި، އެ ދެ މީހުންގެ ޚަބަރެއް ނުވެގެން، ގެޔަށް ވަންނަން ޖެހުނީ ޓިނު ނަގައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ ދެ މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ލިބިފައިނުވެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ހިތަދޫގެ ގެއެއްގައި ދެ މީހަކު މަރުވެފައި އޮތް މައްސަލައެއް ހުށަހަޅައިފައިވާ ކަމަށާއި އެ ރިޕޯޓާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ދެ މީހުންގެ މަރާ ގުޅޭ ގޮތުން އެ މުއައްސަސާއިން ވެސް މިހާތަނަށް އިތުރު މައުލޫމާތެއް ހިއްސައެއް ނުކުރެއެވެ.