މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ އާދީއްތަ ދުވަސް ކަމަށް ސަރުކާރުން ރަސްމީކޮށް އިއުލާނުކޮށްފި އެވެ. ޝައްވާލް މަހުގެ ހަނދާ ބެހޭ ގޮތުން މިރޭ ސަރުކާރުން ނެރުނު ގަރާރުގައި ބުނަނީ މާދަމާ އަކީ މި ހިނގާ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި މި އޯގަސްޓް މަހުގެ 19 ވާ އާދީއްތަ ދުވަހަކީ ފިތުރު އީދު ދުވަސް ކަމަށެވެ.
ހެނދު ސާބިތުކުރުމުގެ ބައްދަލުވުމަށް ފަހު، އިސްލާމިކް މިނިސްޓްރީގެ ނައިބު މުހައްމަދު ގުބާދު އިއްވެވި ހަނދާބެހޭ ގާރާރުގައި ރާއްޖޭގެ އެއްވެސް ތަނަކަށް މިރޭ ހަނދު ފެނިފައިނުވާ ކަމަށާއި އިސްލާމީ އެއްވެސް ގައުމަކަށް ސައްވާލު މަހުގެ ހަނދު ސާބިތުވެއްޖެ ކަމުގެ ރަސްމީ ހަބަރު ލިބިފައި ނުވާ ކަމަށާއި މާދަމާ އަކީ ރޯދަ މަހުގެ ފަހު ދުވަސް ކަމަށެވެ.