17 Aug 2012, 14:28
އަހަރު ދުވަހުގެ ތެރޭގައި މާލޭގެ އިންފުލޭޝަން ރޭޓް، ނޫނީ އަގުތައް މައްޗަށް އުފުލުނު މިންގަނޑު 14.94 ޕަސެންޓަށް އުފުލިފައިވާ ކަމަށް ޕްލޭނިން ޑިޕާޓްމަންޓްގެ ހިސާބުތަކުން ދައްކައިފި އެވެ.
ޕްލޭނިން ޑިޕާޓްމަންޓުން އާންމުކޮށްފައިވާ އިންފުލޭޝަންގެ މިންގަނޑު ބަލައި، ޖުލައި މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް )ތަކެތީގެ އަގުތައް އުފުލޭ މިންގަނޑު( އިން ދައްކާގޮތުން މިއަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު ޖުލައި މަހުގެ އިންފްލޭޝަން ވަނީ 1.28 ޕަސެންޓް މައްޗަށް ޖެހިފަ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާ އިރު މާލޭގެ އިންފްލޭޝަން ރޭޓް ވަނީ 13.92 ޕަސެންޓަށް މައްޗަށް ޖެހިފަ އެވެ.
ޖޫން މަހުގެ ތެރޭގައި އިންފުލޭޝަން ރޭޓް މައްޗަށް ޖެހުނު ނަމަވެސް ޖުލައި މަހުގެ ތެރޭގައި އިންފުލޭޝަން ރޭޓް ވަނީ 2.4 ޕަސެންޓް ދަށަށް ޖެހިފަ އެވެ. ޕްލޭނިން އިން ބުނީ އިންފުލޭޝަންގެ މިންގަނޑު މައްޗަށް ޖެހުނީ ކާބޯތަކެތީގެ އަގުތައް އުފުލުމާއި މަހުގެ އަގުތަކާއި އަދި ރެސްޓޯރަންޓް ހޮޓާ ފަދަ ތަންތަނުގެ އަގުތައް މައްޗަށް ގޮސްފައިވާތީ ކަމަށެވެ.
މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އިންފުލޭޝަން 15 ޕަސެންޓަށް އެރި ނަމަވެސް މޭ މަހުން ފެށިގެން ކޮންމެވެސް ވަރަކަށް އިންފުލޭޝަންގެ މިންގަނޑު އަންނަނީ ދަށަށް ދަމުންނެވެ. އައިއެމްއެފްގެ ހިސާބުތައް ދައްކާ ގޮތުން ވެސް ދުނިޔޭގެ ބާޒާރުގައި ވެސް އާންމު ކާބޯތަކެތީގެ އަގުތައް އަންނަނީ ދަށަށް ދަމުންނެވެ.