16 Aug 2012, 16:42
ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވުމާ ގުޅިގެން ފެބްރުއަރީ މަހު އަށް ވަނަ ދުވަހު އައްޑޫގައި ހިންގި ހަމަނުޖެހުންތަކުގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ]މެޓްރިކްސް މޯޑް[ އާ އެކު 40 މީހުނަށް ވުރެ ގިނަ މީހުންގެ މައްޗަށް ދައުވާކުރުމަށް މިއަދު މައްސަލަ ކޯޓަށް ފޮނުވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް(ޕީޖީ)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ އައްޑު އަތޮޅު ފޭދޫ ކޯޓާއި ގަން ޕޮލިސް ސްޓޭޝަންގައި ހުޅުޖެހުމުގެ މައްސަލާގައި އެ މީހުންގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ ދައުވާ ކަމަށާއި މިއަދު އެ މީހުންގެ މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވުމާ ގުޅިގެން އައްޑު އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި ހުޅުޖަހައި ސަރުކާރުގެ އިމާރާތްތަކަށާއި ތަކެއްޗަށް ގެއްލުންދިން މީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީން ވަނީ އެކިފަހަރު މަތިން އެ މީސް މީހުންގެ މައްސަލަތައް ޝަރީއަތަށް ފޮނުވައިފަ އެވެ.