17 Oct 2025, 15:40
ނެޝަނަލް ބޯޓިން އެސޯސިއޭޝަން (އެންބީއޭއެމް)ގެ ބޯޑު މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެ އެސޯސިއޭޝަނުން ކުރިމަތިލާން ހުޅުވާލި މަގާމުތަކަކީ، އެކްސްކުލޫސިވް ނުވަ ބޯޑު މެންބަރުންނާއި މެނޭޖުމަންޓުގެ ތިން މަގާމަކަށެވެ.
އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު، އެ މެންބަރުންނަކީ މި އަހަރު އެންބީއޭއެމްގެ ރަޖިސްޓްރޭވެ، މަގާމަށް ޝަރުތުހަމަވާ މެންބަރަކަށް ވާންޖެހެއެވެ.
އެ ކަމަށް ޝައުގުވެރިވާ މެންބަރުންނަށް ފޯމު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
އެންބީއޭއެމްއިން ބުނީ،ފޯމާއި އިތުރު ލިޔުންތަކާ އެކު ހުށަހަޅަން ޖެހޭނީމެއިލްމެދުވެރިކޮށް ކަމަށެވެ. އަދި، ކަމާ ގުޅޭ އިތުރު މައުލޫމާތު 7970033އަށް ގުޅައިގެން ލިބޭނެކަން އެ އެސޯސިއޭޝަނުން ފާހަގަކުރިއެވެ.
އެ މަގާމުތައް ހޮވުން ހިމެނޭ ގޮތަށް ބާއްވާ އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އޮންނަނީ އަންނަ ޑިސެންބަރުގައެވެ.