16 Aug 2012, 15:47
ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) ގެ އެއްވެސް މައުލޫމާތެއް ސޯޝަލް މީޑިޔާގައި އެ ކޮމިޝަނުން އާއްމު ނުކުރާނެ ކަމަށް ބުނެފި އެވެ.
ކޯނީން މިއަދު އާއްމުކުރި ދެންނެވުމެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން އާއްމުކުރާ މައުލޫމާތެއް ނަމަ އެ މައުލޫމާތެއް އާއްމުކުރާނީ ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން ނުސްވެރިން މެދެވެރިކޮށާއި އާއްމުކޮށް ޝާއިއު ކުރާ ކޮމިޝަނުގެ ދެންނެވުން ތަކުން ކަމަށެވެ.
"މިނޫންގޮތަކަށް އިންޓަނެޓް މެދުވެރިކޮށް ސޯޝަލްމީޑިއާގެ ފޭސްބުކް ޓްވިޓާ ފަދަ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން މި ކޮމިޝަނުން އެއްވެސް މައުލޫމާތެއް ހާމަކުރަމުން ނުގެންދާނެވާހަކަ ދެންނެވީމެވެ،" ދެންނެވުމުގައި ވެއެވެ.
އިންކްއަރީ ކޮމިޝަނަކީ ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގަރާރަރަކުން އުފައްދަވާފައިވާ މިނިވަން ކޮމިޝަނެކެވެ. އެކޮމިޝަނުން ބަލާ ކަންކަމުގެ ތެރޭގައި 7 ފެބްރުއަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސްކަމުން އިސްތިއުފާ ދެއްވި ގޮތާއި އޭގެކުރިން ޖެނުއަރީ 14 ވަނަ ދުވަހުން ފެށިގެން 8 ފެބްރުއަރީއާ ހަމއަށް ހިނަގާފައިވަ ކަންކަން ބަލައި ރިޕޯޓެއް އެކޮމިޝަނުން ތައްޔާރުކޮށް މިމަހުގެ 30 ވަނަދުވަހު ނެރޭނެ އެވެ.
އެކޮމިޝަނުން ނެރޭ ރިޕޯޓް ރައީސުލް ޖުމުހުރިއްޔާ އަށާއި ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒުއާއި ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރަށް ހުށަހަޅާނެ އެވެ.