16 Aug 2012, 14:59
ނ. ވެލިދޫ އިންޖީނުގޭ އޮފީސް ފަޅާލައި އެ އޮފީހުގެ ތިޖޫރީ ވަގަށްނަގައިފި އެވެ.
ފުލުހުން ބުނީ އިއްޔެ ރޭ އެ އޮފީސް ފަޅަލައިގެން ތިޖޫރީ ވަގަށްނެގި އިރު އެ ތިޖޫރީގައި 400ރ. ހުންނާނެ ކަމަށް ވެލިދޫން މައުލޫމާތް ދީފައިވާ ކަމަށެވެ. ވަގުން އެ އޮފީހަށް ވަދެފައި ވަނީ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން ކަމަށް ބެލެވޭ ކަމަށާއި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވެލިދޫ އިންޖީނުގޭ އޮފީހުގެ ތިޖޫރި ވަގަށް ނަގަފައިވާ އިރު މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭ ވަނީ އއ. ހިމަންދޫ އިންޖީނުގޭ ތިޖޫރީ ފަލާލައިގެން 67419.44ރ. ވަގަށް ގެންގޮސްފައި އެވެ.