ލ. އަތޮޅު ބޮޑުފިނޮޅު ގައި ހަދަމުންދާ ރިސޯޓުން ނަގާފައިވާ 60 ކޮތަޅު ސިމެންތި ބަސްތާ ހޯދައި އެކަމުގެ ތުހުމަތުގައި އެރިސޯޓުގެ ސުޕަވައިޒަރަކާއި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންބުނީ އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރާއި 30 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އެ މީހުންނާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުނެއް ނުދެއެވެ. އަދި ބުނީ އެ މައްސަލައިގާ ފުލުހުން ގެ ބެލުމުގެ ދަށަށް ގެނެވުނު ދެ މީހުންނަކީ ވެސް ކުށުގެ ރިކޯޑް ގިނަ ޢަދަދަކަށް އޮންނަ ދެ މީހުން ކަމަށެވެ.

އެ ސިމެނެތި ބަސްތާތަށް ފުލުހުން ހޯދާފައިވަނީ ލ. ގަން ޕޮލިސް ސްޓޭޝަން އިން ހިންގި އޮޕަރޭޝަނެއްގައި ލ.ގަން މުކުރިމަގު ދެ ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައެވެ.

ފުލުހުން މިހާރު ދަނީ އެމައްސަލަ ތަހުގީގްކުރަމުންނެވެ.