29 Aug 2010, 19:52
00:55
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ރެގިއުލޭޓަރީ ބޯޑުގެ ޗެއާޕަސަންގެ މަގާމަށް ހ. ސަންދަރޯސްގޭ ޑރ. އަބްދުލްމުހްސިން މުހައްމަދު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހަމަޖައްސަވައިފި އެވެ.
ޑރ ޢަބްދުލްމުޙްސިން މިމަގާމަށް ޢައްޔަން ކުރެއްވީ، މިނިސްޓަރުގެ ނައިބު ފެންވަރުގައި ކަމަށާއި މިއީ ފުލްޓައިމް މަގާމެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މީގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް، މަތިއުތުރު ޕްރޮވިންސްގެ ނައިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ބޭފުޅަކު ޢައްޔަން ކުރައްވާފަ އެވެ. އެމަގާމަށް ޢައްޔަން ކުރެއްވީ، ށ. މިލަންދޫ، ސީޓުމާގޭ އާދަމް ސަޢީދު އެވެ.