15 Aug 2012, 23:50
މިސްކިތްތަކުން ފައިވާން ވަގަށް ނެގުމަކީ ކުރިން ވަރަށް އާންމު އަދި މިހާރު ގާތްގަނަޑަކށް ހުއްޓިފައިވާ ކަމަކަށް ވިޔަސް މިސްކިތަކުން ފައިވާންތަކެއް ވަގަށް ނަގަމުންދިޔަ މީހަކު ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.
މިރޭ އިޝާ ނަމާދު ވަގުތު ފުލުހުން މީހަކު ހައްޔަރުކޮށްފައި ވަނީ ބަންޑާރަ މިސްކިތުގައި މީހުން ނަމާދުކުރަމުންދިޔަ ވަގުތު އެމިސްކިތުގެ ބޭރުގައި ބަހައްޓަފައިހުރި ފައިވާންތަކެއް ވަގަށް ނަގަމުންދިޔަ މީހެކެވެ.
ފުލުހުންގެ މީޑިއާ އޮޕިޝަލަކު ވިދާޅުވީ ފައިވާންތަކެއް ވަގަށް ނެގި މައްސަލާގައި މިރޭ 8:00 ޖަހާކަންހާއިރު ހައްޔަރު ކުރީ 39 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާއާއި ބެހޭ އިތުރު މައުލޫމާތެއް ފުލުހުނެއްނުދެ އެވެ.