ފިތުރު އީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީިދު އީދު ސަލާން ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ މިއަހަރު އީދު ސަލާން ކުރެއްވުމަށް މުލީއާގެއަށް ވަޑައިގަތުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައްވާފައިވާ ކަމަށާއި އީދު ސަލާން ކުރުން އޮންނާނީ އީދު ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށެވެ.

އީދު ސަލާން ކުރެއްވުމަށް ވަޑައިގަތުމަށް އެއްވެސް ބޭފުޅަކަށް ވަކިން ދައުވަތު އެރުވުމެއް ނޯންނާނެ ކަމަށާއި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކާއި ބޭރު ޖަމާއަތްތަކުގެ އިއްޒަތްތެރިންނަށާއި މަންދޫބުންނަށް ވެސް މި ފުރުސަތު ހުޅުވާލައިފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. އަދި އީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާއިރު ކުޑަކުދިން ގެންނެވުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އީދު ސަލާން ކުރެއްވުމަށް މުލީއާގެއަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށް ހުންނަ މައި ދޮރޯށިންނެވެ.