15 Aug 2012, 16:54
ޑީއާރުޕީގެ ގައުމީ ކޮންގްރެސް މި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ބާއްވާ ގޮތަށް އެޕާޓީގެ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ޑީއާރުޕީގެ އޮފިޝަލަކު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މިގޮތަށް ނިންމާފައި ވަނީ މިއަދު މެންދުރު ފަހު ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައިި އެކަމާ ބެހޭ ގޮތުން މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އަދި ކޮންގްރެސްއާ ބެހޭ ކަންތައްތައް ކުރިއަށް ގެންދިއުމަށް ޓަކައި ހަތް މެމްބަރުންގެ ކޮމިޓީއެއް މިއަދުގެ ބަައްދަލުވުމުގައި އެކުލަވާލައިފައިވާ ކަމަށާއި އެކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާނީ އެ ކައުންސިލްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑީއާރުޕީގެ ކޮންގްރެސް ޑިސެންބަރުގައި ބާއްވާ އިރު އެ ޕާޓީގެ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އިންތިހާބް ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.