15 Aug 2012, 16:46
ރ. އަތޮޅުގައި އަލަށް ހަދަމުން އަންނަ ރިސޯޓެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 49 ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އިން މިއަދު ބުނި ގޮތުގައި އެ އަތޮޅު ކައުންސިލާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ އެ 49 މީހުން ހައްޔަރު ކުރީ އެ އަތޮޅުގައި ހަދަމުން އަންނަ އެއްތިގިލިންނެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހުންގެ ތެރޭގައި ވީސާ ނުދައްކާ މީހުންނާއި ޕާސްޕޯޓް ގެއްލިފައިވާ މީހުންނާއި ސްޕޮންސަރަށް ފިލައިގެން އުޅޭ މީހުން ވެސް ހިމެނެ އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން މިހާރު ވަނީ އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑިޕާޓްމަންޓާ ހަވާލުކޮށްފައި ކަމަށެވެ.
ފުލުހުން ރ. އަތޮޅުގައި އެ އޮޕަރޭޝަން ހިންގީ އެ އަތޮޅުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އިތުރުވަމުން ދާތީ އާއި ޖިނާއީ ކުށްތަކަށް އަރައިގަންނަ ބިދޭސިން އިތުރުވަމުން އަންނަ ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެންނެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސިންގެ މައްސަލަ މިހާރު ވަނީ ކޮންޓްރޯލުން ނެއްޓޭ ހިސާބުގައި ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.