ޖަޕާން ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް)އާ ގުޅޭ ގޮތުން މައުލޫމާތު ސެޝަނެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ތައްޔާރުވެއްޖެއެވެ.

މި ސެޝަންގެ ތެރެއިން، ސަރުކާރުގެ އޮފިޝަލުންނަށް ޖަޕާނުގައި ފުލީ ފަންޑެޑް ޕޯސްޓްގްރެޖުއޭޓް ކޯސްތަކާ ބެހޭ ފުރުސަތުތައް ހޯދަން ފުރުސަތު ލިބޭއިރު، ޖޭޑީއެސް ޕްރޮގްރާމާ ބެހޭ ތަފުސީލީ މައުލޫމާތު ފޯރުކޮށްދޭނެއެވެ.

މި ސެޝަން އޮންނާނީ ހަވީރު 4:30އިން ހަވީރު 5:30 އަށް މަރުކަބް ޕްލާޒާ، ނުވަ ވަނަ ފަންގިފިލާގެ ކޮންފަރެންސް ރޫމްގައެވެ.

މި ސެޝަންގައި ބައިވެރިވުމަށްއޮންލައިންކޮށްރެޖިސްޓާ ކުރެވޭނެއެވެ.

މި ސްކޮލަޝިޕަށް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ ނޮވެންބަރު 10ގައި 16:00ގެ ނިޔަލަށެވެ.

މި ސްކޮލަޝިޕާ ގުޅޭ މައުލޫމާތުޖޭޑީއެސް ވެބްސައިޓުމެދުވެރިކޮށް ލިބޭނެއެވެ. މި ސްކޮލަޝިޕްތަކަށް ކުރިމަތިލާ މީހުންނަކީ ދެ އަހަރުގެ ތަޖުރިބާ ހުރެ، ދާއިމީ ވަޒީފާއެއްގައި ހުރި މީހަކަށް ވާންޖެހެއެވެ.

އެމީހުންނަކީ، އަންނަ އޭޕްރީލް އެކަކަށް 22 އަހަރާ 39އަހަރާ ދެމެދުގެ މީހުންނަށް ވާން ޖެހެއެވެ.