ސްރީލަންކާއަށާއި އިންޑިއާ އަށް ކުރައްވާ އަމިއްލަފުޅު ދަތުރުފުޅެއްގައި ރައީސް މުހައްމަދު ނަޝީދު މިއަދު ފުރާވަޑައިގެންފި އެވެ.

މިއީ ވެރިކަން ބަދަލުވި ފަހުން ރާއްޖެ އިން ބޭރަށް ރައީސް ނަޝީދު ކުރެއްވި އަމިއްލަފުޅު ފުރަތަމަ ދަތުރެވެ. މިދަތުރުފުޅާ ބެހޭ ގޮތުން ރައީސް ނަޝީދުގެ އަމިއްލަ ޓުއިޓާ އެކައުންޓްގައި ވިދާޅުވެފައި ވަނީ މިމަހުގެ 15 އިން 18 ގެ ނިޔަލަށް ކުރައްވާ މިދަތުރު ފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ފަހުން އެމަނިކުފާނު ވަނީ އިންޑިޔާ އަށާއި ސްރީލަންކާ އަށް ވަޑައިގެން ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން އެގައުމުގެ ތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ.