06 Oct 2025, 16:18
އެންމެ ފުޅާކޮށް އެކި ކުލަ ކުލައިގެ ކޮންޓެކްޓް ލެންސް އެތެރެކޮށް، ރާއްޖޭގައި ވިއްކާ ވިޝަން އޮޕްޓިކަލްސްއިން ކޮންޓެކްޓް ލެންސް ސާފުކުރުމަށް ބޭނުންކުރާ މެކްސް އޮޕްޓިފްރެޝް ސޮލިއުޝަނަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ވިޝަން އޮޕްޓިކަލްސްއިން، ކޮންޓެކްޓް ލެންސް ސާފުކުރުމަށް ބޭނުންކުރާމެކްސް އޮޕްޓިފްރެޝް ސޮލިއުޝަނަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ވިޝަން އޮޕްޓިކަލްސްގެ ޕްރޮމޯޝަނުގައި މެކްސް އޮޕްޓިފްރެޝްގެ 120 މިލިލީޓަރުގެ ދެ ފުޅި ބައްލަވައިގަތުމުން، އެއް ފުޅި ހިލޭ ލިބޭނެއެވެ.
މި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށްގެންދާނެއެވެ.
މެކްސް އޮޕްޓިފްރެޝްއިން ކޮންޓެކްޓް ލެންސް، ޖަރާސީމާއި ބެކްޓީރިއާއިން ރައްކާތެރިކޮށްދޭނެއެވެ. އަދި ލެންސް ސޮލިއުޝަންގެ ޕީއެޗް އެއްވަރެއްގައި ދަމަހައްޓައި، ލެންސް ނުހިކޭ ގޮތަށް ރައްކާތެރިކޮށްދޭނެއެވެ.
ވިޝަން އޮޕްޓިކަލްސްއިން ހިލޭ ލޮލުގެ ނަންބަރު ނެގޭނެއެވެ. ޗެކަޕްތައް ހަދައި، ނަންބަރު ބެލުމުގެ ޚިދުމަތް ވެސް ލިބޭނެއެވެ.
ނަންބަރު ކޮންޓެކްޓް ލެންސް ލައްވަން ބޭނުންވާ މީހުންނަށް ވިޝަން އޮޕްޓިކަލްސްއިން ކުލަކުލައިގެ އަދި ޓްރާންސްޕޭރެންޓް ކޮންޓެކްޓް ލެންސް ވަގުތުން ލިބޭނެއެވެ. އަދި، ލެންސް ހެއްދުމުގެ ޚިދުމަތް ވެސް ލިބޭނެއެވެ.
މީގެ އިތުރުން، ވިޝަން އޮޕްޓިކަލްސްއިން ފަސް ސްކީމަކުން ހިލޭ އައިނު ހެއްދޭނެއެވެ. މިގޮތުން، ވިޝަން އޮޕްޓިކަލްސްއިން އެމްއެންޑީއެފާއި ޕޮލިސް ސްކީމާއި އާސަންދައާއި އެލައިޑް އިންޝުއަރެންސްގެ އިތުރަށް އަމާނާ ތަކާފުލް މެދުވެރިކޮށް ހިލޭ އައިނު ހެއްދޭނެއެވެ.
އެ ސްކީމްތައް މެދުވެރިކޮށް އައިނު ހައްދާއިރު އިތުރަށް ރުފިޔާ ދައްކަން ޖެހޭނީ ސްކީމުން ކަވަރުކުރާ އަދަދަށް ވުރެ، އިތުރުވާ މިންވަރެވެ.