15 Aug 2012, 14:29
އާސެނަލްއަށް ކުޅެމުން އަންނަ ކެމަރޫންގެ މިޑްފީލްޑަރު އެލެކްސް ސޯންގްއަށް އިތުރު ކުލަބް ތަކުން ހުށަހެޅުންތައް ލިބުނު ކަމުގައި ވިޔަސް، މިސީޒަނުގައި ވެސް އޭނަ މަޑު ކުރާނީ އާސެނަލްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެލެކްސް ސީންގް ހޯދުމަށް މަސްހޫރު ދެތިން ކުލަބަކުން މިހާރު ވެސް މަސައްކަތް ފަށާފައިވާކަމަށް މީޑިއާގައި ވާހަކަ ދެކެވޭއިރު، އެތަނުން އެއްކުލަބަކީ ދުނިޔޭގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ބާސެލޯނާއެވެ. އެހެން ނަމަވެސް ސޯންގް ބާސާއަށް ނުދާނެ ކަމަށާއި އޭނާ ކުލަބުގައި މަޑުކޮށްގެން ހުރީ އުފަލުގައި ކަމަށް އޭނާގެ އެޖެންޓުވެސް ވަނީ ބުނެފައެވެ.
ބާސާއިން ސޯންގް ގެންދަން އުޅޭކަމުގެ ޚަބަރު ސިއްރެއްގޮތުގައި ބޭއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.
އާސެނަލްގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރި ސޯންގް އެކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2014 ވަނަ އަހަރުއެވެ. އަދި އޭނާ މަސައްކަތްކުރަމުންދަނީ އާސެނަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް އައުކުރުމަށްކަމަށް ބައެއް ރިޕޯޓްތަކުން ބުނަމުންދެއެވެ.