00:00


ފަހަމާސް ފިހާރައެއްގެ ސޭލްސް ނިންމުމަށްފަހު ފައިސާ ދަބަސް ހިފައިގެން ގެއަށްދިޔަ މީހަކަށް ބަޔަކު ހަމަލާދިނުމަށްފަހު ފައިސާތަކެއް ފޭރިގަނެގެން ފިލައިފި އެވެ.


ފުލުހުންގެ މީޑީއާ އޮފިޝަލކު ވިދާޅުވީ އެފަދަ ރިޕޯޓެއް މީގެ ކުޑަ އިރުކޮޅެއް ކުރިން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި މިހާރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލް އަދި ދެއްވެން ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.