މިމަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 20 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ޓީމަށް ސިފައިންނާއި ޗެމްޕިއަން ރެޑްލައިން ވެއްޖެއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ޒުވާނުންގެ މަރުކަޒުގެ ބާސްކެޓް ކޯޓުގައި ކުރިއަށްގެންދާ މިމުބާރާތު މިފަހަރު ވާދަކުރާނީ ފިރިހެން ޑިވިޒަންގެ އަށް ޓީމެވެ.

އެގޮތުން ގްރޫޕް އެކެއްގެ ފަޅިން ވާދަކުރާ ޓީމް ތަކަކީ ދިވެހި ސިފައިންގެ ކްލަބާއި ރެޑްލައިން ކްލަބާއި އެލްކިއު ސްޕޯޓްސް އަދި އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ އެވެ. އަދި ގްރޫޕް ދޭއްގައި ވާދަކުރަނީ ހަރިކޭން ބީސީ އާއި ޓީރެކްސް ބީސީ އާއި ޕޮލިސް ކްލަބް އަދި ކްލަބް އީގަލްސް އެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ.