15 Aug 2012, 13:46
ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބިލްތައް 14 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ކަމަށް މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައި ވިޔަސް، ހޯމް މިނިސްޓްރީގެ ދަށުގައި ހުރި ބައެއް ތަންތަނުން 2010 ވަނަ އަހަރުގެ ފެން ބިލް ދެއްކުމުގައި ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.
ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުގައި ހުރި ތަންތަން އޮޑިޓް ކުރުމަށް ފަހު، އޯޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ސޮއި ކުރައްވައި ހޯމަ ދުވަހު ނެރުނު އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ 2010 ވަނަ އަހަރު ހޯމް މިނިސްޓްރީގެ 27 ފެނު ބިލެއް ޖޫރިމަނާ ވެފައިވާ ކަމަށާއި އެ ބިލްތަކުގެ ޖޫރިމަނާގެ ގޮތުގައި 267،275،52ރ. އަރައި އެ ޖޫރިމަނާ އެ މިނިސްޓްރީގެ ބަޖެޓުން ދައްކާފައިވާ ކަމަށެވެ.
"މާފުށީ ޖަލުގެ ... 2010 ނޮވެމްބަރު މަހުގެ ބިލްގައި ކުރީ މަހުގެ ބިލްތަކަށް ފައިސާ ނުދައްކައި ހުރި އަދަދުގެ ގޮތުގައި 1،417416.42ރުފިޔާ ހިމަނާފައިވާކަން ފާހަގަ ކުރެވިފައިވެ އެވެ." އޮޑިޓް ރިޕޯޓްގައިވެ އެވެ.