17:20


ތިލަފުށީގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި ގުދަނަކާއި ލަކުޑިތަކެއް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ދެންމެ ބުނެފި އެވެ.


ލެފްޓިނެންޓް އަބްދުﷲ އަލީ ވިދާޅުވީ، ލަފާކުރެވޭ ގޮތުގައި، އަލިފާނުގެ ހާދިސާއެއް ހިނގީ ލަކުޑި ގުދަނެއްގައި އޮތް ޕިކަޕެއްގެ އިންޖީނުގައި ރޯވެގެންނެވެ. ނަމަވެސް ޕިކަޕްގެ އިންޖީނުގައި ރޯވީ ކީއްވެގެން ކަން އަދި ހޯދިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އަލިފާނުގައި ގުދަނާއި ލަކުޑިތައް ވަނީ އަނދައިގެން ގޮސްފަ އެވެ.


އަބްދުﷲ އަލީ ވިދާޅުވީ މިހާރު މާލެ އިން އަލިފާން ނިންވުމަށް ޓީމެއް އެ ރަށަށް ދިއުމުގެ މަގުމަތީގައިވާ ކަމަށެވެ.