14 Aug 2012, 22:33
މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރިކަމުގެ ތުހުމަތުގައި މީހެއްގެ މަށްޗަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ދައުވާކުރަން މިދިޔަ ޖުލައި މަހު 29 ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައި ވަނީ ސ. ހިތަދޫ ޕެސިފިކް، ޒާހިދު ޙަސަން 35، ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ވޭތުވެދިޔަ އޭޕްރީލް މަހު 18 ވަނަ ދުވަހު އެވެ.