02 Oct 2025, 11:03
ރާއްޖެއަކީ އާންމު ގޮތެއްގައި ހޫނު ގައުމަކަށް ވުމުން، މީރު ވަސް ދުވާ ސެންޓެއް ގެންގުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އެ ބޭނުމަށް، ސެންޓު ހޯދުން ސްވީޓް ސްމައިލްއިން ވަނީ ވަރަށް ފަސޭހަކޮށްދީފައެވެ.
ސްވީޓް ސްމައިލްއިން ވިއްކަނީ ދުނިޔޭގެ އެންމެ މަޝްހޫރު ޕްރީމިއަމް ސެންޓުތަކުގެ އެންމެ މަތީ ފެންވަރުގެ ޕާފިއުމް އޮއިލް ރާއްޖެ ގެނެސް، އަމިއްލައަށް ޕެކްކޮށްފައިވާ ސެންޓެވެ.
ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް، އެ ސެންޓަކީ އޭގެ ވަސް އަށް ގަޑިއިރާއި 12 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ދެމިހުންނާނެ ސެންޓެވެ.
ސްވީޓް ސްމައިލްއިން މިދިޔަ އޮގަސްޓު މަހު އެކަނިވެސް އަލަށް 57 ވައްތަރެއްގެ ސެންޓު ގެނެސްފައިވެއެވެ. އެއާއެކު މި ފިހާރައިން 100 ބާވަތެއްގެ ސެންޓެއް މިހާރު ލިބެން ހުންނާނެއެވެ.
View this post on Instagram
ސްވީޓް ސްމައިލްއިންފޭސްބުކްއާއި އިންސްޓަގްރާމް މެދުވެރިކޮށް ސެންޓު ގަތުމުން، މާލެއާއި ހުޅުމާލެއާއި ފެރީތަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ. އަދި އެއާޕޯޓުތަކަށް ކާގޯ ވެސް ކޮށްދޭއިރު، ހޯލްސޭލްކޮށް ބޭނުންވާނަމަ އެ ފުރުސަތު ވެސް އޮންނާނެއެވެ.
ސްވީޓް ސްމައިލްގެ ކަސްޓަމަރުންނަށް މިހާރު ވަނީ ޚާއްސަ 'ކަޕްލް ޕްރޮމޯޝަން'އެއް ފަށައިފައެވެ. އެގޮތުން ފިރިހެން އަދި އަންހެން ސެންޓު ފުޅިއެއް އެއްކޮށް ނަގާނަމަ 20 ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.