14 Aug 2012, 15:48
ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެޑައިގެން ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފައި ނުވަނީ، އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިނުގަންނަވާ ގޮތަށް ސިޔާސީ ޕާޓީތަކުން ނިންމުމުން ކަމަށް މަޖިލިހުގެ އިދާރައިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ބާއްވާނެ މާހައުލެއް ގާއިމުކުރުން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަށް މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދު ވަޑައި ނުގަތުމުން ދޭހަވަނީ މަޖިލިސް ކުރިއަށް ގެންދަވަން މަސައްކަތް ނުކުރައްވަނީ މަޖިލިހުގެ ރައީސް ޝާހިދުކަމަށް މެންބަރުން ވިދާޅުވި ވިދާޅުމަށް ރައްދުދެއްވައި މަޖިލިހުގެ އިދާރައިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެޑައިގެން ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގެންފައި ނުވަނީ މަޖިލީހުގެ ގޭގައި ބޭއްވި ބައްދަލުވުމުގައި އެމްޑީޕީ އާއި ޕީޕީއެމް އާއި ޑީއާރުޕީ އާއި ޕީއޭ އިން އގޮތަށް އިއްތިފާގުވުމުން ކަމަށެވެ.
"..އެގޮތަށް އެއްބަސްވެވަޑައިގެންފައި ވަނީ އޭރު އެ ބައްދަލުވުމުގައި ތިއްބެވި ޕާޓީތައްކަމަށްވާ އެމްޑީޕީއާއި ޕީޕީއެމްއާއި ޑީއާރްޕީއާއި ޕީއޭގެ އިއްތިފާޤުންނެވެ،" ބަޔާނުގައިވެ އެވެ.
މަޖިލިހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި ހުއްޓިފައިވާ މައްސަލާގައި ޕާޓީތަކުގެ އިސް ފަރާތްތަކުގެ ބައްދަލުވުމުގައި ޝާހިދު ބައިވެރިވެ ވަޑައިގެންފައި ނުވާތީ އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވުމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވަނީ ގޮވާލައްފަ އެވެ.
މަޖިލިހުގެ ބަޔާނުގައި އަދި ބުނެފައި ވަނީ މިމަހުގެ 3 ވަނަ ދުވަހުގެރޭ މަޖިލީހުގެ ގޭގައި އޮތް ބައްދަލުވުމުގެ ވަކި ހިސާބަކުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އެ ޕާޓީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ރޭ އޮތް ޚާއްސަ ޙަފްލާއަކަށް ވަޑައިގަތުމަށް ޓަކައި އެ ބައްދަލުވުމުން ނުކުމެވަޑައި ގެންނެވި ކަމަށެވެ.