14 Aug 2012, 12:32
އެއާ އިންޑިއާގެ ދަތުރުތައް ރާއްޖެ އަށް މަދުކޮށްފި އެވެ.
އެއާ އިންޑިއާ ހަވާލާދީ އިންޑިއާގެ ބިޒްނަސް ލައިން އިން ބުނި ގޮތުގައި މިހާރު ކޮންމެ ދުވަހަކު ބެންގަލޫރުން ރާއްޖެ ކުރާ އެއާ އިންޑިއާގެ ދަތުރުތައް މި މަހު 31ގެ ނިޔަލަށް ދެން ކުރާނީ ހަފުތާ އަކު ހަތަރު ދަތުރެވެ. އަދި އެ ދަތުރުތައް އޮންނާނީ، ހޯމަ، ބުދަ، ހުކުރު އަދި އާދީއްތަ ދުވަހު އެވެ. ރިޓާން ފްލައުޓްތައް ވެސް އޮންނާނީ އެ ދުވަސްތަކުގައި ކަމަށް އެއާލައިން އިން ބުންޏެވެ.
އެއާއިންޑިއާގެ ދަތުރުތައް ރާއްޖެ އަށް މަދު ކުރީ ކީއްވެގެން ކަމެއް އެ އާލައިނަކުން ނުބުނެ އެވެ.