ވެލެންސިއާގެ ލައިބީރިއާ ފޯވަޑް ރައިޓް ޗާލްސް ޔަގޭގެ އަތް ބިނދިއްޖެ އެވެ.

ދިރާދު ދިވެހި ލީގުގައި އިއްޔެރޭ ވިކްޓަރީއާ ދެކޮޅަށް ކުޅެނިކޮށް އަތްބިނދުމުން ޗާލްސް އަށް ރެލިގޭޝަނުގައި ނުކުޅެވޭނެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބު ބުނީ ޗާލްސް އަތުގައި މިހާރު ޕްލާސްޓަރު އަޅާފައިވާ ކަަމަށާއި އަނިޔާ މުޅިން ރަނގަޅުވާން މަދުވެގެން ހަ ހަފުތާވާނެ ކަމަށެވެ. އަދި ފަހަރުގައި އޮޕަރޭޝަން ކުރަންވެސް ޖެހިދާނެ ކަަމަށެވެ.
ފާއިތުވެދިޔަ ތިން އަހަރު ނިއު އަށް އަދި މިހއަރުގެ ކުރީކޮޅު ވީބީ އަށް ކުޅުނު ޗާލްސް އަކީ ލައިބީރިއާގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ ނެތުމަކީ ރެލިގޭޝަން ސަލާމަތްވުމަށް މަސައްކަތްކުރާ ވެލެންސިއާ އަށް ފޫނުބެއްދޭނެ ކަމެކެވެ.