14 Aug 2012, 00:41
ދިރާގު ދިވެހި ލީގު ފުޓްބޯޅަ މުބާރާތުގައި ރޭ އީގަލްސް އަތުން 3-2 އިން ބަލިވެ ވިޔަންސާ ރެލިގޭޝަން ކުޅެން ޖެހިއްޖެ އެވެ.
އަށް ޓީމު ވާދަކުރާ ލީގުގެ ދެ ވަނަ ބުރުގެ ފަހު މެޗުގައި ފުރަތަމަ ދެ ގޯލު ޖެހީ މެޗުން މޮޅުވެގެން ރެލިގޭޝަނުން ސަލާމަތްވާން އޮތް ވިޔަންސާ އެވެ. ލަނޑުޖެހީ އަބުދުލްމުހައިމިން އާއި ހައިދަރު އަކުރަމެވެ. ނަމަވެސް ފަހު ހާފުގައި މުހުތާރު ނަސީރު (ޓޫކިލޯ) އާއި މުސްތަފާ އަބުދުލްކަރީމް އަދި ޝިނާޒް ހިލްމީ ކާމިޔާބުކޮށްދިން ލަނޑުތަކުން ރެލިގޭޝަނުން އޭވައިއެލް ސަލާމަތްވި އެވެ.
މި މެޗުން ބަލިވުމުން ވިޔަންސާ އަށް ދެ ބުރުން ލިބިފައިވަނީ 9 ޕޮއިންޓާއެކު ތާވަކުގެ ހަތްވަނަ އެވެ. ޓޭބަލުގެ ފުކުގައި އޮތީ އަށް ޕޮއިންޓާއެކު ރެލިގޭޝަން ކުޅެންޖެހިފައިވާ ވެލެންސިއާ އެވެ. އޭވައިއެލް އަށް ލިބިފައިވަނީ 11 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނަ އެވެ. އީގަލްސް އޮތީ 18 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނާގަ އެވެ.
ދެ ވަނަ ބުރ ނިމުނުއިރު އެއްވަނާގައި އޮތީ 36 ޕޮއިންޓާއެކު ނިއު އެވެ. ދެ ވަނަ ލިބެނީ 26 ޕޮއިންޓާއެކު މާޒިޔާ އަށެވެ. ތިންވަނާގައިވަނީ 25 ޕޮއިންޓާއެކު ވިކްޓަރީ އެވެ. ވީބީ އަށް ހަތަރުވަނަ ލިބެނީ 21 ޕޮއިންޓާއެކު އެވެ.