މަނާމާ (އޮގަސްޓް 13): ގަލްފުގެ ހުރްމުޒް ކަނޑުއޮޅީގެ ކައިރިން ދަތުރުކުރަމުން ދިޔަ އެމެރިކާގެ ޢަސްކަރީ މަނަވަރަކާއި ޖަޕާނުގެ ތެޔޮޓޭންކަރެއްޖެހި މުޑިއެރުމުގެ ސަބަބުން އެދެއުޅަނދަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ބަޙްރައިންގައި މަރުކަޒުހުންނަ އެމެރިކާގެ ފަސްވަނަ ފްލީޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން މިސައިލް ޙަމަލާދިނުމަށް ޚާއްސަ ހަނގުރާމަމަތީ މަނަވަރެއްކަމަށްވާ ޔޫއެސްއެސް ޕޯޓް އާއި ޕެނަމާގެ ދިދަ ނަގާފައިވާ ޖަޕާނުގެ ތެޔޮޓޭންކަރެއް މިދިޔަ އާދީއްތަ ދުވަހު ޖެހި މުޑިއަރާފައި ވަނީ އެކްސިޑެންޓެއްގެ ތެރެއިންނެވެ. މިޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އަދި ތެޔޮޓޭންކަރަށް ލިބުނު ގެއްލުންތަކާއެކު ވެސް އެއިން ތެޔޮލީކުވެފައިނުވާ ކަމަށާއި އެކްސިޑެންޓަށްފަހު ވެސް ތެޔޮޓޭންކަރު އޭގެ ދަތުރުގައި ކުރިޔަށްދިޔަ އެވެ. ނަމަވެސް އެމެރިކާގެ ހަނގުރާމަމަތީ މަނަވަރު ޔޫއެސްއެސް ޕޯޓް ވަނީ މިޙާދިސާއިން ލިބުނުގެއްލުންތަކާ އެކު ބަޙްރައިންގައިވާ އެމެރިކާގެ ކަނޑުގެ ބޭހެއްގައި ބަނދަރުކޮށްފަ އެވެ.
މިޙާދިސާގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް އެއްވެސް ހުރަހެއް އެޅިފައިނުވާކަމަށް އުމާންގެ ކޯސްޓްގާޑުގެ މަސްއޫލުވެރިއަކު ވަނީ ހާމަކުރައްވާފަ އެވެ. (އަލްޖަޒީރާ)