23 Sep 2025, 12:22
ރާއްޖެ އެތެރެވީއިރު ދިވެއްސެއްގެ އަނގައިން މަސްތުވާތަކެތި ފެނިގެން އިއްޔެ ބަންދުކޮށްފިއެވެ.
ބަންދުކޮށްފައިވަނީ ފުވައްމުލައް، މިސްކިތްމަގު، އަލިވާ، އުމުރުން 35 އަހަރުގެ މުހީން އިބްރާހިމް ދީދީއެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތާއެކު އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ރާއްޖެއައީ މިދިޔަ އާދިއްތަ ދުވަހެވެ. އޭނާގެ ހަށިގަނޑުން ޓްރެފިކިން މިންގަނޑަށް ފެތޭވަރަށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނުނުކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާ މަސްތުވާތަކެތި ބޭރުކުރީ އަނގައިންނެވެ.
ފުލުހުން އަންނަނީ މި މައްސަަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.