22 Sep 2025, 12:54
ގޭތެރޭގެ އިންޓީރިއާ ސާމާނު ވިއްކުމުގައި މަގުބޫލުކަން ހޯދާފައިވާ ގަވިންގެ އާ ފިހާރައެއް މާލޭގެ ބޮޑުތަކުރުފާނު މަގުގައި މިއަދު ހެނދުނު ހުޅުވައިފިއެވެ.
ކަސްޓަމްސް އިދާރާގެ ކައިރީ، މ. އަރީކާގެ އެންމެ ތިރީ ފަންގިފިލާގައި 'ބާޒާރު ގަވިން'ގެ ނަމުގައި މި ފިހާރަ ހުޅުވައިދެއްވީ ގަވިންގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ގާސިމާއި ދިވެހި އިންޝުއަރެންސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަމީލެވެ.

ގަވިންގެ އާ ފިހާރައިން ލިބެންހުންނަ ކައުންޓަރުތަކާއި ޑައިނިން ޓޭބަލް ފަދަ ސާމާނު --- ފޮޓޯ: ގަވިން
ގަވިން އިން ބުނީ، އެ ސަރަހައްދުގައި އެ ކުންފުނީގެ ފިހާރައެއް ހުޅުވުމުގެ މަގުސަދަކީ ރަށްރަށަށް ގަވިންއިން މިހާރުވެސް ކުރަމުން އަންނަ ޑެލިވަރީއާއި ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ފުޅާކުރުން ކަމަށެވެ. އެއާއެކު، ކަސްޓަމަރުންނަށް ފަސޭހަވާނެ ގޮތަކަށް އަބަދުވެސް މަގުފަހިކޮށްދިނުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކަމުގެ ޔަގީންކަން ގަވިންއިން ދެއެވެ.
ހުޅުމާލޭގައި ހުންނަ ގަވިން ޝޯރޫމުން ލިބޭ ހުރިހާ ޚިދުމަތެއް ބާޒާރު ގަވިންއިން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެގޮތުން ކަސްޓަމް ފަރުނީޗަރާއި ބަދިގެ ހެދުމާއި ގޭތެރޭގެ ފާރުތަކުގައި ހަރުކުރުމަށް ބޭނުންވާ ޕެނަލާއި ގްރެނައިޓާއި ފިލައާއި ހާޑްވެއާ ސާމާނުގެ އިތުރުން އުނދުނާއި މައިކްރޯވޭވް ފަދަ ސާމާނުތައް ލިބޭނެ ކަމަށްވެސް ގަވިންއިން ބުންޏެވެ.