ލަންޑަންގައި ކުރިއަށްދިޔަ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ "އޮލިމްޕިކްސް ގޭމްސް 2012" ނިންމުމުގެ ރަސްމިއްޔާތު ވަރަށް ފުރިހަމަކޮށް ކުރިއަށް ގެންގޮސް، ގޭމްސް ނިންމާލައިފި އެވެ.

ދުއިސައްތަ ހަތަރު ގައުމަކުން 10000 ވުރެ ގިނަ އެތްލީޓުން ވާދަކުރި މިފަހަރުގެ އޮލިމްޕިކްސް ގޭމްސް ނިންމާލުގެ ކުލަގަދަ ރަސްމިއްތާރުތައް ކުރިއަށް ދިޔަ އިރު، ދުނިޔޭގެ މަސްހޫރު ކުޅިވަރު ޗެނަލްތަކުން ވަނީ މި އިވެންޓު ލައިވްކޮށް ދުރަށްދައްކާފަ އެވެ. އެގޮތުން މިއިވެޓް ދުނިޔޭގެ އެތަކެއް ބަޔަކު ވަނީ ބަލައިފަ އެވެ.

އޮލިމްޕިކްސް ގޭމްސް ނިންމުމުގެ ރަސްމިއްތުގައި ބައިވެރިވުމަށް ޕްރިންސެސް ޑަޔާނާގެ އެންމެ ކުޑަ ފިރިހެން ދަރި ޕްރިންސް ހެރީ ބައިވެރިވި އިރު، ހެރީގެ ބޭބެ ޕްރިންސް ވިލިއަމްގެ އަބިކަބަލުން ކޭޓް ވަނީ ބައިވެރިވެފައި އެވެ.

ދުނިޔޭގެ މަސްހޫރި ލަވަކިޔުން ތެރިންނާއި، ތަފާތު ވައްތަރު ވައްތަރުގެ މިއުޒިކް ޑާންސްސަރުންގެ ހިތް ގައިމު މަންޒަރުތައް ރޭގެ ރަސްމިއްޔާތުގައި ވަނީ ވެނިފަ އެވެ. އެގޮތުން ލަންޑަނުގެ ސަގާފީ ލަވަތަކާއި ޑާންސްތައް ވެސް ރޭގެ ރަސްމިއްޔާތުގައި ފެނިގެން ދިޔަ އިރު، އޮލިމްޕިކްސްގައި ރަންމެޑަލް ތަކާއި ތަފާތު ވަނަތައް ހޯދައި ދުނިޔޭގެ މަގުބޫލްކަން ހޯދާފައި ތިން ބައެއް އެތުލީޓުން ވެސް ވަނީ ބައިވެރިވެފަ އެވެ.

ރަސްމިއްޔާތު ނިންމުމުގެ ގޮތުން އެސްޓޭޑިއަމް އެއްކޮށް ފުރިފައިވާ އިރު، އެ ސަރަހައްދު ވެސް ވަނީ ކުޅިބަލަން ތިބި މީހުންނާއުކު މުޅިން ތޮއްޖެހިފައެވެ. އެގޮތުން މުޅި އެސަރަހައްދު ކުލަބޮކިތަކުން ވިދުވާލައިފައި ވީއިރު، މިއަދު ސޯސަލް މީޑައާގައި އެންމެ ދުވެލި ބާރުކޮށް، ފެތުރެމުން އަންނަ ހަބަރު ތަކުގެ ތެރޭގައި ލަންޑަންގައި ރޭ ނިމިގެން ދިޔަ އޮލިމްޕިކްގެ ވާހަކަ ހިމެނެއެވެ. އަދި އެއިވެންޓުގެ ފޮޓޯތަކާއި އިވެންޓުން ރަންމެޑަލް ތަކާއި އެނޫން ވެސް މެޑަލްތައް ހޯދި އެތުލީޓުންގެ ވާހަކަތައް ވަނީ ގިނަ ވެފައި ކަން މީޑިއާރިޕޯޓްތަކުން ބުނެއެވެ.

ލަންޑަން އޮލިމްޕިކްސް ނިންމުމުގެ ރަސްމިއްޔާތުގައި އޮލިމްޕިކްގެ ދިދަ ރިއޯ ޑި ޖެނެއިރޯގެ މޭޔާ އަށް ވަނީ ހަވާލުކޮށްފަ އެވެ. މިއީ ރިއޯގައި 2016 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްގެ ހަތަރު އަހަރުގެ ކައުންޓް ޑައުންގެ ފެށުމެވެ. މި އަހަރުގެ އޮލިމްޕިކްސް ނިމުނުއިރު، މެޑަލް ތާވަލްގެ ކުރީގައި އޮތީ އެމެރިކާ އެވެ. އެގޮތުން އެގައުމު ވަނީ ޖުމްލަ 104 މެޑަލް ހޯދައިފަ އެވެ.

ސޯޅަ ދުވަހަށް ދިގުދެމިގެންދިޔަ އޮލިމްޕިކްގައި ޖުމްލަ 302 މެޑަލް ވަނީ ދީފަ އެވެ. މި އަހަރުގެ އޮލިމްޕިކްގައި ދުނިޔޭގެ 46 ރެކޯޑް މުގުރާލި ކަމަށް މީޑިއާ ރިޕޯޓް ތަކުން ބުނެފައި ވެއެވެ.

މިފަހަރުގެ އޮލިމްޕިކްސް ގޭމް ފުރިހަމަކަމާއެކު ނިންމާލެވުމުން، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ޖަކް ރޮގާ ވަނީ ގޭމްސްގައި ބައިވެރިވި ހުރިހާ ގައުމެއްގެ އެތުލީޓުންނަށާއި ގޭމްސްއަށް ހުރިހާ ގޮތަކުން ވެސް އެހީފޯރި ކޮށްދެއްވި ފަރާތްތަކަށް ސުކުރު އަދާކުރައްވާފައެވެ.