29 Aug 2010, 10:19
15:19
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ކަމަށް މުޙަންމަދު ފަހުމީ ޙަސަން، އަދި އެ ކޮމިޝަންގެ ނައިބު ރައީސް ކަމަށް އަޙްމަދު ޙަސަންދީދީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފި އެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ކަމަށް މުޙަންމަދު ފަހުމީ ޙަސަން އަދި އެކޮމިޝަންގެ ނައިބު ރައީސް ކަމަށް އަޙްމަދު ޙަސަންދީދީ ހަމަޖެއްސެވި ކަމުގެ ލިޔުން، އެބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
އެ ދެބޭފުޅުންގެ އިތުރުން އެކޮމިޝަނަށް އައްޔަން ކުރައްވާފައިވާ މެންބަރުންނަކީ މއ. ކިނބި ޑރ. މުޙަންމަދު ލަޠީފާއި، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ޢަބްދުﷲ ޖިހާދާއި، ގަލޮޅު އަލަފަރު ޚަދީޖާ އާދަމެވެ.