އިމިގްރޭޝަނުން ޕާސްޕޯޓް ކާޑުގެ ޚިދުމަތް މެދުކަނޑާލައިފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާތީ، ޕާސްޕޯޓް ކާޑުގެ ޚިދުމަތް މެދުކަނޑާލައިފައިވާ ކަމަށެވެ.

އެ ޚިދުމަތުންވަނީ، މި މުއްދަތުގައި ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

ރާއްޖެއަށް ޕާސްޕޯޓް ކާޑު ތައާރަފުކުރީ 2017ގައެވެ. އޭރު އެއީ، ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ޕާސްޕޯޓު ކާޑު މެދުވެރިކޮށް ފައިސާގެ މުއާމާލާތްތައް ކުރެވޭނެ ގޮތަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެގޮތުން ޕާސްޕޯޓް ކާޑުން ޚިދުމަތް ދިނުމަށް ޓަކައި އިމިގްރޭޝަނާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރިއެވެ.