12 Aug 2012, 15:20
އިޓަލީގެ ޔުވެންޓަސްގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ދިހަ މަސް ދުވަހަށް ސަސްޕެންޑްކޮށްފި އެވެ.
މިޑިއާ ރިޕޯޓައް ބުގާގޮތުން، އެންޓޯނިއޯ ސަސްޕެންޑް ކުރީ އިޓަލީ ލީގުގެ މެޗްތަކުގެ ނަތީޖާ ބަދަލުކުރުމަށް ބަޔަކު މަސައްކަތް ކުރިއިރު އެކަން އެނގި ހުރެ ނޭންގުމުގެ ސަބަބުން ކަމަށް ބުނެ އެވެ.
ކޯޗް އެންޓޯނިއޯ ސަސްޕެންޑް ކޮށްފައިވާކަން ޔަގީން ކޮށްދީ، އިޓަލީގެ ފުޓްބޯލް ފެޑަރޭޝަނުން އިއްޔެ ނެރެފައިވާ ކުރު ބަޔާނެއްގައި ބުނެފައި ވަނީ ކޮންޓޭ ސަސްޕެންޑްކޮށްފައި ވަނީ އިޓަލީ ލީގުގެ މެޗްތަކުގެ ނަތީޖާ ބަދަލުކުރަން ބަޔަކު މަސައްކަތް ކުރިކަން އޭނާ އަށް އެނގުނު އިރު ވެސް، ކަމާ ބެހޭ ފަރާތަށް ކޯޗަކަށް ހުރެ އަންގާފައި ނުވާތީ އެވެ. އަދި އެހެން ކަމުން އޭނާ 10 މަސް ދުވަހަށް ސަސްޕެންޑް ކޮށްފައި ވަނީ، އެއިދާރާ އިން އެންމެ އެދޭ ގޮތް ކަމަށް ވާތީ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.
އަދި މީގެއިތުރުން އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ކޮންޓޭ މިއަމަލު ހިންގާފައި ވަނީ ހުސްވި ސީޒަންގެ މެދުތެރޭގައި ކަމަށެވެ.
ކޮންޓެގެ އިތުރުން ލެއްޗޭގެ ރައީސް ފަސް އަހަރު ދުވަހަށް ސަސްޕެންޑްކޮށްފައިވާ އިރު ކޮންޓެގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރި އެންޖެލޯ އެލޭސިއޯ ވެސް ވަނީ އަށް މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި އިޓަލީގެ ކުލަބަކަށް އަދަބު ދިނުމުގައި އެގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން އަމަލުކޮސްފައިވާ ރަނގަޅު ނިންމުމެއް ކަމަށް ވެސް ބައެއް އިޑިޓީލެ މީޑިއާތަކުން ސިފަކޮށްފައިވެ އެވެ.