15 Sep 2025, 14:38
ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ރީޖަނަލް ބެޑްމިންޓަން މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ އެތުލީޓުންނަށް މުބާރާތުގައި ވާދަކުރުމަށް ފުރައިފިއެވެ.
މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި މި މަހުގެ 17 އިން 20 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި ވާދަކުރާ އެތުލީޓުން ފުރުމުގެ ކުރިން ޖާރޒީ ދީފައިވަނީ ހެންވޭރު ބޯޅަގޭގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ފަރާތުން މުބާރާތުގައި ބައިވެރިވާ އެތުލީޓުންނާއި ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރެވެ.
މި މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަކީ މުޙައްމަދު ރާއިފު ޝަރީފް، މުހައްމަދު ޖުމާން އަޙްމަދު، އިބްރާހިމް ރަބީތް، އައިމިނަތު ރައިޝާ އަލީ، އަމްނާ އަހުމަދު އަބްދުالله އަދި އައިޝަތު މާނިޔާ އާދަމްއެވެ. ޔުނިފައިޑް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވަނީ މަރިޔަމް އީނާސް އިލްޔާސް އާއި މުޙައްމަދު އަލޫފް ރާފިއުއެވެ.
ރާއްޖޭގެ އެތުލީޓުންނާއެކު ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި ބައިވެރިވަނީ މޫސާ ޒަމީރެވެ. ހެޑް ކޯޗަކީ ރިޝްވާން ޝިޔާމެވެ.